top of page
raees vaudhu.jpg

ތަޢާރަފް

އަލީ އަޝްރަޤު، ތ.ކިނބިދޫ، ސީނުގެ އަކީ ކިނބިދުއަށް އުފަން، ޢުމުރުގެ ބޮޑުބައެއް ކިނބިދޫގައި ހޭދަކޮށްފައިވާ ހިންގުންތެރި ޒުވާނެކެވެ. ސާނަވީ ތަޢުލީމު ޙާޞިލްކުރީ ތ.ކިނބިދޫ ސްކޫލުންނެވެ. މަތީ ސާނަވީ ތަޢުލީމު ޙާޞިލްކުރީ ސީ.އެޗް.އެސް.އީ އިންނެވެ. މެލޭޝިއާގެ ޔުނިވާރސިޓީ އޮފް ކޮލަލްމަޕޫރ އިން ބެޗްލާސް އޮފް އޭވިއޭޝަން މެނޭޖްމަންޓް (ހޯނާސް) ވަނީ ޙާޞިލްކޮށްފައެވެ.

ތަސައްވުރު

"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި، ދާއިރާގެ ޙަޤީޤީ ތަޞައްވަރެއް ކުރަންއެނގޭނީ ދާއިރާއަށް އުފަން، ދާއިރާގައި އުޅެބޮޑުވި މީހަކަށް، ދާއިރާ މިހާރުއޮތް ނިކަމެތި ޙާލަތު އެނގޭނީ، އެޙާލަތު ތަޖުރިބާ ކުރެވިފައިވާ މީހަކަށްކަން ޔަޤީން.

ދުވަހުން ދުވަހަށް ދާއިރާގެ ރަށްތަކުގެ އަހުލުވެރިން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިޖުރަ ކުރަމުންދާ ޢަދަދު މިދަނީ އިތުރުވަމުން. ޚުދު އަޅުގަނޑަކީ ވެސް ސާނަވީ ތަޢުލީމު ނިންމުމަށްފަހު މަތީ ތަޢުލީމު ޙާޞިލު ކުރުމަށް މާލެ ހިޖުރަ ކުރަން ޖެހުނު މީހެއް.

އަޅުގަނޑުގެ ތަޞައްވަރަކީ މި ދާއިރާގެ މީހުންނާއި، މި ދާއިރާއަށް އުފަންވާ ކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމުގެ މަގު ތަނަވަސް ކޮށްދިނުން.

އެ ގޮތުން ވަޒީފާގެ އިތުރު ދޮރުތައް ހުޅުވައިދީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ މީހުންނަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ފަހިކޮށްދީ، ރަށުގައި ތިބެގެން ޒަރޫރީ ބޭނުންތައް ފުދޭ، ސާދާ ދިރިއުޅުމެއް ބިނާކުރެވޭނެ އަމާން އޮމާން ވެއްޓެއް ޤާއިމު ވެގެންދިއުން. އެއީ އަޅުގަނޑުގެ އެންމެބޮޑޫ އަމާޒު، އަދި ކުރެވޭ އެންމެ ބޮޑޫ އުންމީދު.

މި އެދޭ އަމާޒު ޙާސިލްވެއްޖެނަމަ، ރަށުގައި ދިރިއުޅޭމީހުން އިތުރުވެ، ރަށުގައި ތިޔާގިކަމާއި، ތަނަވަސްކަމާއި، ހަމަޖެހުން އިތުރުވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫން."

    

bottom of page